މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހުކުރު ވިލޭރޭ އައްޑޫ ސިޓީ ފޭދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ އާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފޭދޫގެ ދެގްރޫޕެއްގެ ދެމެދުގައި ހިނގި ގްރޫޕް މަރާމާރީ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ވިދާޅުވީ ހައްޔަރު ކޮށްފައި ވަނީ 21، 32، 20، 21 އަދި 18 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން ދަނީ ފޭދޫ ސިއްހީ މަރުކަޒުގައި ކަމަށެވެ. އަދި އަނެއް ބަޔަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް