އިޓާލިއަން ލީގު: ސްޕީޒިއާ އަތުން މޮޅުވެ އެޓަލާންޓާ ލީގުގެ ހަތަރު ވަނައަށް

އިޓާލިއަން ސެރިއޭގައި ރޭ ސްޕީޒިއާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެޓަލާންޓާ ލީގުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ. އެޓަލާންޓާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ސްޕީޒިއާގެ މައްޗަށް އެޓީމުން ކު...

13 Mar 2021 | 04:26

އިޓާލިއަން ސެރިއޭގައި ރޭ ސްޕީޒިއާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެޓަލާންޓާ ލީގުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

އެޓަލާންޓާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ސްޕީޒިއާގެ މައްޗަށް އެޓީމުން ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.

އެޓަލާންޓާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަަ ހާފުނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް އެޓަލާންޓާއަށް ވަނީ ލިބި ބޭކާރުވެފައެވެ.

މެޗގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއް ވެސް މެޗުގެ ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނދު ޖަހާ ލީޑު ނެގީވެސް އެޓަލާންޓާއިންނެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އެތީމުން ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިލިސިޗްގެ އެހީތެރިކަމާއި އެކު މާރިއޯ ޕަސަލިޗް އެވެ.

އެޓަލާންޓާއިން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގޮސެލްގެ އެހީތެރިކަމާއި އެކު ލުއިސް މުރިއެލް އެވެ. އެޓަލާންޓާގެ ތިންވަނަ ލަނޑު72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މާރިއޯ ޕަސަލިޗް އެވެ.

ސްޕީޒިއާއިން މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕިކޯލީއެވެ.

ރޭގެ މި މެޗުން މޮޅުވެ ތާވަލްގެ ހަތަރުވަނަ އެޓަލާންޓާއަށް ލިބުނު އިރު، އެޓީމަށް ހަތަރުވަނަ ލިބިފައިވަނީ އެންމެ ގާތުން ވާދަކުރާ ރޯމާއަށް ވުރެ އެއްމެޗު އިތުރަށް ކުޅެެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް