38 ބަހުރުވަ އެނގޭ މި ރޮބަޓަށް ޓީޗަރެއް ގޮތަށް ވެސް މަސައްކަތް ކުރެވޭ!

އިންޑިޔާގެ ކޮމްޕިއުޓަރ ސައިންސް ޓީޗަރެއް،38 ބަހުން ވާހަކަ ދައްކާ ރޮބަޓޭއް އުފައްދައިފިއެވެ. 'ޝަލޫ' ނަމަކަށް ކިޔާ މި ރޮބަޓް ހަދާފައި ވަނީ ޓެނީޝް ޕެޓަލްއެވެ. ބޮލީވިޑްގެ 'ރޮބޮޓް' ފިލްމު ފެނިގެން މިފަދަ ކ...

13 Mar 2021 | 04:05

އިންޑިޔާގެ ކޮމްޕިއުޓަރ ސައިންސް ޓީޗަރެއް،38 ބަހުން ވާހަކަ ދައްކާ ރޮބަޓޭއް އުފައްދައިފިއެވެ. 'ޝަލޫ' ނަމަކަށް ކިޔާ މި ރޮބަޓް ހަދާފައި ވަނީ ޓެނީޝް ޕެޓަލްއެވެ.

ބޮލީވިޑްގެ 'ރޮބޮޓް' ފިލްމު ފެނިގެން މިފަދަ ކަމެއް ކުރަން ޝައުގުވެރިރިވި ޕެޓަލް، 'ޝަލޫ' ހަދާފައި ވަނީ 'ސޯފިއާ' އާ އެއްކަހަލަ ގޮތަކަށެވެ. ސޯފިއާ އަކީ ހޮންގްކޮންގް ގެ ހެންސަން ރޮބޮޓިކްސް ގެ އުފެއްދުމެކެވެ.

ޕެޓަލް ބުނެފައި ވަނީ ޝަލޫ އަކީ ޕްރޮޓޯޓައިޕް ރޮބޮޓެއް ކަމާއި، އެއަށް މީހުން ވަކިކުރަން އެނގޭނެ ކަމަށެވެ. އަދި އެއްޗެހި ހަނދާންކޮށް، އާއްމު މައުލޫމާތުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން ހިސާބުވެސް އެނގޭނެ ކަމަށް ޕެޓަލް ފާހަގަކުރިއެވެ.

ޝަލޫ އަށް މީހުނާ ސަލާން ކުރަން އެނގޭނެ ކަމަށާއި، އިހުސާސްތައް ފާޅުކުރާށާއި ލިޔުންތައް ކިޔުން ފަދަ ތަފާތު އެތައް ކަމެއް ކުރެވޭނެ ކަމަށް ޕެޓަލް ފާހަގަ ކުރިއެވެ.

ޕެޓަލް ބުނިގޮތުގައި ސްކޫލް ތަކުގައި ޓީޗަރެއްގެ ގޮތުގައާއި ރިސެޕްޗައިސްޓެއްގެ ގޮތުގައި ވެސް ޝަލޫ އަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޕެޓަލް ބުނި ގޮތުގައި ޝަލޫ އަކީ ތިން އަހަރުގެ މުއްދަތަކުން،50000 ރުޕީސް ހޭދަކޮށްގެން ހަދާފައިވާ ރޮބޮޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް