ކުރިނބީ ފަޅުތެރޭގައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށްދާތީ ސިފައިންނާއި އެ ރަށު ރައްޔިތުން ހަރަކާތްތެރިވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ހދ. ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް ނޮދަން އެރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއެކު އެ ލޯންޗު ފެންމަތިކޮށްދީފައިވާކަމަށެވެ.
"ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު ފަތިހު 3:59 ހާއިރު، މީ 20 ފޫޓްގެ ކުޑަ ލޯންޗެއް" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެ ލޯންޗު ފެންމަތި ކުރުމުގައި އެ ރަށުގެ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިންކަމަށާއި ކޯސްޓްގާޑާއި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ލޯންޗު ފެންމަތި ކުރެވުނީ ހެނދުނު 07:05 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް