ރާއްޖެއިން އެޗް1އެން1 އަށް މިހާތަނަށް ޓެސްޓްކޮށްފައިވާ 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.
އެ އޭޖެންސީން މިހެން ބުނެފައިވަނީ ދާދި ދެންމެއަކު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި މަހުގެގެ 4 ގައި މަރުވި އުމުރުން 24 އަހަރުގެ ފިރިހެނެއްގެ ސާމްޕަލް ވެސް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މާބަނޑު ދެމީހަކަށް ފަރުވާ ދެމުން އަންނަ ކަމުގައިވެސް ޑރ ނިޔާފް ވިދާޅުވި އެވެ.
އެ ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓްރީންވެސް ބައިވެރިވެފައިވާއިރު އެ މިނިސްޓްރީން ބުނެފައިވަނީ މާދަމައިން ފެށިގެން ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށާއި އަދި އަލުން ސްކޫލުތަކުގެ ކިޔެވުން ފަށާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ނިޔާފު އިތުރަށް ވިދާޅުވީ ބަލިޖެހޭ އަދަދު ދުވަސްތަކަކަށް ދިގުދެމިގެންދާނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެޗް1އެން1ގެ ރާއްޖޭގައި ހުރީ ލިމިޓެޑް ސްޓޮކެއް ކަމަށާއި އިތުރު ވެކްޝިންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް