އަދީބު އޮތީ ކޮންކްރިޓް ހޮހޮޅައެއްގައެއް ނޫން: އެޗްއާރުސީއެމް

ދިގު މުއްދަތެއްގެ ޖަލުހުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނެވީ ކޮންކްރިޓް ހޮހޮޅައެއްގައި ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމ...

13 Mar 2017 | 10:57

ދިގު މުއްދަތެއްގެ ޖަލުހުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނެވީ ކޮންކްރިޓް ހޮހޮޅައެއްގައި ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އަދީބު މާފުށީ ޖަލުގައި ބަހައްޓާފައި ހުރީ ކޮންކްރިޓް ހޮހޮޅައެއްގައި ކަމަށް ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ ނައިބު ރައިސް ޝިފާގު މުފީދު ވިދާޅުވީ އެވާހަކަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އަދީބާއި ގުޅޭ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެކަމަކު އަދީބު އޮންނަވަނީ ހޮހޮޅައެއްގައި ނޫންކަން ކެރި ހުރެ ވިދާޅުވެވިދާނެ ކަމަށެވެ. އަދީބާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލް ހާމަކުރެވޭނީ ތަހުގީގަށް ފަހު ކަމަށް ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ އެއްވެސް ޖަލެއްގައި ދަށުދަރައިގެ ގޮތަކަށް ގައިދީންނާއި މެދު އަމަލު ކުރެވޭ ނަމަ އެކަމެއް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައިވާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހި ކަމުގެ މައްސަލަތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް