އާއިލާއަކުން ގައިދީއަކަށް ފޮނުވި އަންނައުނުތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކަށް އާއިލާއިން ފޮނުވި މަސްތުވާތެކި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ އެ މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ ...

13 Mar 2017 | 10:39

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކަށް އާއިލާއިން ފޮނުވި މަސްތުވާތެކި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނީ އެ މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ އާއިލާއިން ފޮނުވި އަންނައުނުތަކެއްގެ ތެރޭގައި ކަމަށެވެ. ކަރެކްޝަންސް އިން ބުނި އާއިލާތަކުގެ މިފަދަ އަމަލު ތަކުން ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުވުމަށް ހުރަސްއެޅެމުން ދާ ކަމަށެވެ.

އާއިލާތަކުން ގައިދީންނާއި ބައްދަލު ކުރަން ދާއިރު މަސްތުވާތަކެތި ގެންދާ މައްސަލައިގަ މިހާރު ވަނީ އެއްޗެހި ގެންދިއުން މަނާކޮށްފައި އެވެ. މިދިޔަ މަހު ވަނީ ގައިދީއަކަށް އާއިލާ މީހަކު ގެންދިޔަ ކޭކެއްގެ ތެރެއިންވެސް މަސްތުވާތަކެތި އަތުލައިގެންފައި އެވެ.

އެމްސީއެސް އިން ވަނީ ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި މިފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް