ފާރިޝް މައުމޫން އޭސީސީއަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު، ފާރިސް މައުމޫން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާކަމުގައި ފާރިޝް ވިދާޅުވެއްޖެ އެވެ. ފާރިސް މިކަނ...

13 Mar 2017 | 07:50

ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ މެމްބަރު، ފާރިސް މައުމޫން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވާކަމުގައި ފާރިޝް ވިދާޅުވެއްޖެ އެވެ.

ފާރިސް މިކަން ހާމަކުރައްވާފައިވަނީ ޓްވީޓެއްގަ އެ އެ ޓްވޓްގައި ފާރިސް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ތާވަލް ކޮށްފައިވަނިކޮށް އޭސީސީއަށް ހާޒިރުވާން އެންގުމުން މިކަމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށެވެ.

އޭސީސީއަށް ހާޒިރުވުމަށް ފާރިސް އަށް އަންގާފައިވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފާރިސް އިސްކޮށް ހުންނަވައިގެންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 26 މެމްބަރެއްގެ ސޮޔާ އެކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް