މިހާތަނަށް 27 މީހަކަށް އެޗް1އެން1 ޖެހިއްޖެ, އެކަމަކު ނުރައްކަލެއް ނެތް!

މިއަހަރުގެ މިހާތަނަށް 27 މީހަކަށް ސްވައިން ފްލޫ ނުވަތަ އެޗް1އެން1  ޖެހިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭގެ ކުޑަކުދ...

13 Mar 2017 | 06:25

މިއަހަރުގެ މިހާތަނަށް 27 މީހަކަށް ސްވައިން ފްލޫ ނުވަތަ އެޗް1އެން1  ޖެހިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު އަލީ ނިޔާފު ވިދާޅުވީ އެޗް1އެން1 ފެތުރެމުންދަނީ ނުރައްކާތެރި މިންވަރަށް ނޫންކަމަށެވެ. ޑރ ނިޔާފު ވިދާޅުވީ އެ އިންފްލުއެންޒާއަކީ މިހާރު ނުރައްކާތެރި ބައްޔެއް ނޫންކަމަށެވެ.

އެއީ އެޗް1އެން1 އަކީމިހާޜު ރާއްޖޭގައި ޓެސްޓު ކުރެވި ފަރުވާދެވޭނެ އިންތިޒާމް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ ނިޔާފު ވިދާޅުވީ އިންފްލުއެންޒާ ޖެހިގެން ވަކި ވައްތަރެއްގެ ބޭހެއް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އެޗް1އެން1 އިންފްލުއެންޒާއަށް ޝައްކު ކުރެވިގެން 475 މީހުން ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވަނީ 16 މީހުންނެވެ. އެކަމަކު މިއަހަރު 27 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވަނީ 208  މީހުން ޓެސްޓުކޮށްގެން އޭގެ ތެރެއިން ކަމަށް  ޑރ ނިޔާފު ވިދާޅުވި އެވެ.

އޭނާ ވިދާޅޫވީ މިއަހަރު އެޗް1އެން1 އަށް ޕޮޒިޓިވް ވެފަިއވަނީ ގިނައިން ދިވެހިން ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިހާރު ފެތުރެމުންދާ އިންފްލުއެންޒާގެ ސަބަބުން ސްކޫލްތައް ބަންދު ކުރާވަރު ނުވާ ކަމަށެވެ. ހަދަންވީ ގޮތަކީ ހުން އައިސް ރޯގާ ޖެހުމުން ސްކޫލަށް ކުދިން ނުފޮނުވާ ފަރުވާދިނުން ކަމަށް އެޗްޕީއޭއިން  ބުނެ އެވެ.

މިދުވަސްވަރަކީ ހުމާއި ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ހަމަ ހުންނަ އިރަށް ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކުރެ އެވެ. އެގޮތަށް ރޯގާ ފެތުރިފައިވާތީ އަވަަހަށް ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިއުމުގެ ސަބަބުން އިތުރަށް ރޯގާޖެހި ބަލީގެ ހާލަތު ސީރިއަސްވާގޮތް މެދުވެރިވެ ރަށުތެރެއަށް ރޯގޭ ފެތުރުން އިތުރުވާނެ ކަމަށް އެތަނުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް