އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ކަރްނާޓަކާގައި ސްވައިން ފްލޫ ފެތުރި ހަތް ދުވަސް ތެރޭގައި ހަތް މީހަކު މަރުވެފައިވާއިރު މި ބަލި ފަތުރާ ވައިރަސް އެޗް1 އެން1ގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 247 އަށް އަރާފައިވާކަމުގައި ކަރްނާޓަކާގެ ހެލްތު އެންޑް ފެމިލީ ވެލްފެއަރ ޑިޕާޓްމެންޓުން ބުނެފި އެވެ.
އެ ޑިޕާޓްމެންޓުން މި މަހުގެ ހަތްވަނަ ދުވަހު ބުނެފައިވަނީ މި އަހަރުގެ ޖަނަވަރީ އެކަކުން ފެބްރުއަރީ 23 އަށް 244 މީހަކަށް މި ވައިރަސްގެ އަސަރު ކޮށްފައވާކަމަށާއި މި އަހަރުގެ ތެރޭގައި މި ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 618 އަށް އަރާފައިވާކަމަށެވެ.
ސްވައިން ފްލޫ ޖެހިގެން ހަތް މީހަކު މަރުވެ ގިނަ ބަޔަކަށް މި ބަލި ފެތުރެމުން އަންނައިރު މި ބަލީގެ އިންފެކްޝަން ކޮންޓްރޯލް ކުރުމުގައި ޗެލެންޖްތަކެއް ހުރި ކަމުގައި ކަރްނާޓަކާގެ ޑޮކްޓަރުން އެއްބަސް ވެފައި ވެ އެވެ.
އިންޑިއާގެ ނޫހެއްކަމުގައިވާ ޓައމްސް ނައު އަށް މިކަމާއި ބެހޭގޮތުން އިންޓަވިއު ދެމުން ޑރ ބެނަރޖީ ބުނެފައިވަނީ ސްވައިން ފްލޫއާއި ބެހޭގޮތުން ރަނގަޅު މައުލޫމާތު ދޭން ޖެހޭ ކަމަށާއި ގަދަޔަށް ހުން އައިސް ބަލީގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް އެޗ1 އަށް އެން1 އަށް ޓެސްޓް ކުރުން މުހިއްމު ކަމަށެވެ.
އަވަށްޓެރި އިންޑިއާ އަދި ލަންކާގެ ބައެއް ސަރަހައްދުތަކުގައި ސްވައިން ފްލޫ ފެތުރެމުން އަންނައިރު ރާއްޖެއިންވެސް ސްވައިން ފްލޫ ފެނިފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރޭގައި ވަނީ ހާމަކޮށްފަ އެވެ.
އެޗްޕީއޭއިން ބުނެގައިވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު ދުނިޔޭގައި އަލަށް ސްވައިން ފްލޫ އާންމުވެގެން ދިޔައިރު މިއީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލެވުނަސް އެ ބަލި ޖެހި އެތައް ބަޔަކު ރަނގަޅުވުމުން، ބަލިން ދިފާއުވުމުގެ ބާރު ލިބި އެއީ މިހާރު އާދައިގެ ރޯގާއަކަށް ވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް