ކައުންސިލް އިންތިހާބުގައި ވާދަ ކުރަނީ 1487 ކެންޑިޑޭޓުން!

އަންނަ މަހުގެ 15 ވަނަ ދުވަހ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްލަ 1487 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އީސީން ބުނީ މި ހުރިހާ ކެންޑި...

13 Mar 2017 | 04:06

އަންނަ މަހުގެ 15 ވަނަ ދުވަހ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްލަ 1487 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ބުނީ މި ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގާނޫނީ ގޮތުން ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ދީފައިވާ ކަމަށެވެ. ނަމްބަރު ތަރުތީބު ކުރުން ކުރިޔަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން 363 ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންނެވެ. 1124 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުންނެވެ.

އެކަމަކު ވަކި ވަކި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ވާދަ ކުރާ އަދަދެއް އީސީން ހާމައެއް ނުކުރެ އެވެ. މި އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓުކޮސްފައިވާއިރު ޕީޕީއެމްއާއި އެމްޑީޕީ، އެމްޑީއޭ އަދި ޖޭޕީގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

މިފަހަރުގެ އިންތިހާބުގައި ހަ ސަތޭކައަށްވުރެ ގިނަ ކެންޑިޑޭޓުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް