ސަމާލުވޭ، މިހާރު ފެތުރެމުންދާ ހުމާއި ރޯގާއިން "އެޗް1އެން1" ފެނިއްޖެ

ހަލުވިކަމާއި އެކު މިހާޜު މުޅި ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާއިން "އެން1އެން1" ނުވަތަ ސްވައިން ފްލޫ ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ނެރެފައިވ...

13 Mar 2017 | 03:23

ހަލުވިކަމާއި އެކު މިހާޜު މުޅި ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާއިން "އެން1އެން1" ނުވަތަ ސްވައިން ފްލޫ ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހުންޖެހިގެން ފަރުވާދެމުންދާ ބައެއް މީހުންގެ ގައިން އެ ވައިރަސް ފެނިފައިވާ ކަމަށެވެ. އިންފުލުއެންޒާ އެޗްވަންއެންވަން އިތުރުވަމުންދާކަން ފާހަގަވީ އެ އޮތޯރިޓީން ކުރަމުންދާ ދިރާސާއަކުން ކަމަށާއި އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ މާހިރުންނާއެކު ސިއްހީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ސްވައިން ފްލޫ ދަނީ ފެތުރެމުންނެވެ. އެކަމަކު އެޗްޕީއޭއިންބުނީ ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ  އާއި ދުނިޔޭގައި ފެތުރެމުންދާ ސްވައިން ފުލޫއާ ގުޅުމެއް ނެތް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، އެހެން ރޯގާތަކެކޭ އެއްގޮތަށް އެޗްވަންއެންވަން އަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށެވެ. ނަމަވެސް މި ބަލީގެ ނުރައްކާ ބޮޑީ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށެވެ.

އެޗްވަންއެންވަން އާއްމުކޮށް ޖެހެނީ އަރިދަފުސް ރޯގާވެސް ފެތުރޭ ގޮތަށެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުން ވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލުވެއެވެ.

އެންމެ ފުރަތަމަ ސްވައިން ފްލޫ ފެނިފައިވަނީ 2009 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް