ރާއްޖެއިން ދިޔަ ފަތުރުވެރިއެއްގެ ލަގެޖުގައި ނަންނުގައްޗެއް

ރާއްޖެއިން ފުރައިގެން ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ނަންނުގައްޗެއް ފެނިއްޖެއެވެ. ނަންނުގައްޗެއް ފެނިފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި ބެލްޖިއަމްގެ ފަތުރުވެރިއެއްގެ ލަގެޖުންނެވެ. ބެލްޖިއަމްގެ...

13 Feb 2025 | 17:40

ރާއްޖެއިން ފުރައިގެން ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ނަންނުގައްޗެއް ފެނިއްޖެއެވެ.

ނަންނުގައްޗެއް ފެނިފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި ބެލްޖިއަމްގެ ފަތުރުވެރިއެއްގެ ލަގެޖުންނެވެ.

ބެލްޖިއަމްގެ ވީއާރްޓީ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި މާރިއޯ ގޯސް ނަމަކަށްކިޔ މީހެއްގެ ލަގެޖުންނެވެ. އެ ނަންނުގަތީގެ ދިގުމިނުގައި ގާތްގަނޑަކަށް 10 ސެންޓިމީޓަރެވެ.

އެ ނޫހުގައި ބުނެފައިވާގޮތުގައި ޒާތްޒާތުގެ ހަރުފަ ބެލްޖިއަމްގައި އުޅެއެވެ. އެހެންނަމަވެސް "ވޮލްފް ސްނޭކް" ނުވަތަ ދިވެހި އާންމު ބަހުން ނަމަ ނަންނުގައްޗަކީ އެ ޤައުމުން ފެންނަ އެއްޗެއް ނޫނެވެ. ބެލްޖިއަމް އިން ނަންނުގައްޗެއް ފެނުނުކަން އެނގެން ނެތްކަމަށް ވީއާރްޓީ ނޫހުން ބުނެފައިވެއެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވާގޮތުގައި އެ ނަންނުގަތި ލާނީ އެ ޤައުމުގެ ކޮންމެސް ޒުލަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް