ތަރައްޤީގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ޤަތަރުގެ އަމީރަށް ރައީސް މުޢިއްޒުގެ ސިޓީފުޅެއް

ޤަތަރުގެ އަމީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޓީފުޅެއް އަރުވައިފިއެވެ. ޤަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާގޮތުގައި ރައީސް މުޢިއްޒުގެ އެ ސިޓީފުޅަކީ ދެ ޤައުމުގެ ގުޅުން ބަ...

13 Feb 2025 | 17:18

ޤަތަރުގެ އަމީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޓީފުޅެއް އަރުވައިފިއެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާގޮތުގައި ރައީސް މުޢިއްޒުގެ އެ ސިޓީފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ރާއްޖޭގެ ތަރައްޤީއަށް ޤަތަރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ސިޓީފުޅެކެވެ.

ޤަތަރުގެ އަމީރަށް ފޮނުއްވެވި އެ ސިޓީފުޅު ޑރ. ޝަހީމް އެރުވީ ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ސުލްތާން ބިން ސާދު އަލް މުރައިޚީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް