އެމްޕީ ސިނާނުގެ މެންބަރު ކަމާއިމެދު ސުވާލު އުފައްދައި މައްސަލައެއް ސުޕްރީމް ކޯޓަށް

މެންބަރު މުޙައްމަދު ސިނާން (ސިނާ) ގެ މެންބަރުމަކާއިމެދު ސުވާލު އުފައްދައި ގޮތެއް ނިންމައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިތަ...

13 Feb 2025 | 11:38

މެންބަރު މުޙައްމަދު ސިނާން (ސިނާ) ގެ މެންބަރުމަކާއިމެދު ސުވާލު އުފައްދައި ގޮތެއް ނިންމައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ސިނާގެ ގޮނޑިއާއިމެދު ސުވާލު އުފައްދައި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

އެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓެއްގައި ދަރަންޏެއް ސާބިތު ވުމުންނެވެ. ސާބިތުވެފައިވާ އެ މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ގައި ނިންމި އެ މައްސަލައަކީ އެމްއައިބީ އިން ނަގާފައިވާ ސޭލް އެންޑް ލީސެބަލް ފައިނޭންސިންގެ ދަށުން ސިނާން ހިމެނޭހެން ތިން މީހަކު ނަގާފައިވާ 2.52 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ނިންމި މައްސަލައެކެއެވެ. އެ ފެސިލިޓީގައި ބާކީހުރި 2.44 މިލިޔަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 75،789.01 ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފައިވެއެވެ.

އެ މައްސަލަ ރައްދުވަނީ ސިނާންގެ އިތުރުން ސ. ހިތަދޫ، ވާދޫގޭ އަހްމަދު ވަހީދާއި، ހަމަ އެ ރަށު ވިހަލަގޮނޑިމާގެ މުޙައްމަދު ސަލީމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސާބިތު ދަރަންޏެއް ސާބިތުވެފައިވާތީ މެންބަރުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށެވެ. ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކުމަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ހާލަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް