ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި ހަމްދީ އަގީލް މަޤާމުން ވަކިކޮށްފިއެވެ.
މިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ދަޢުލަތުގެ ވިޔަފާރި ކުންފުނިތަކާއި ދަޢުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނީޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ރައީސް ކަމަށް ހަމްދީ އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް