އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ...

13 Feb 2024 | 12:23

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ޕާޓީގެ ރައީސްކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑާއެކު އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާޗް 2024 ވާ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރީގައި ހުންނެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން، އެ ޕާޓީގެ ރައީސްކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް