ބެޓީ ކްރޮކަރ ބްރޭންޑުގެ ބައެއް ކޭކް މިކްސް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ބެޓީ ކްރޮކަރ ބްރޭންޑުގެ ބައެއް ކޭކް މިކްސް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެމްއެފްޑީއޭ އިން މަނާކޮށްފައިވަނީ ބެޓީ ކްރޮކަރ ބްރޭންޑުގ...

13 Feb 2024 | 11:06

ބެޓީ ކްރޮކަރ ބްރޭންޑުގެ ބައެއް ކޭކް މިކްސް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މަނާކޮށްފައިވަނީ ބެޓީ ކްރޮކަރ ބްރޭންޑުގެ މިލްކް ޗޮކްލެޓް އަދި ޗޮކްލެޓް ފަޗް ވިއްކުމާއި ބޭނުންކުރުމެވެ. މި ދެ ބާވަތް މަނާކޮށްފައިވަނީ 'ބެޓީ ކްރޮކަރ ސުޕަރ މޮއިސްޓް ކޭކް މިކްސް، ޗޮކްލެޓް ފަޖް' ޕެކެޓުގައި އުކުނު ހުރި ކަމަށްބުނެ ބައެއް އާއްމު ފަރާތްތަކުން ހުށަހެޅި ޝަކުވާއާއި ގުޅިގެން، އެ އުފެއްދުމުގެ ސާމްޕަލްތަކެއް މާލެ ބާޒާރުން ނަގާ ތަހުލީލު ކުރުމަށް ފަހުއެވެ.

އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީން ކުރި ތަހުލީލުތަކުން ދައްކާ ގޮތުގައި މި ސާމްޕަލްތަކުގައި 'ލަމްޕްސް' ނުވަތަ ގަނޑުލާފައި ހުރުމުގެ އިތުރުން ބައެއް ސާމްޕަލްތައް ވަނީ އުކުނު ފަދަ ކުދި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައެވެ.

އެގޮތުން، އެމްއެފްޑީއޭ އިން ވަނީ ބެޓީ ކްރޮކަރ ބްރޭންޑުގެ އެ ދެ ބާވަތަކީ ކެއުމަށް ރައްކާތެރި ނޫން ތަކެތިކަމުގައި ކަނޑައަޅާފައެވެ. އަދި އެ އުފެއްދުންތައް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް