މާލެ އިމާރާތެއްގެ ސިޑި ގޮޅިން ވެއްޓުނު މީހާ މަރުވެއްޖެ

ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ސިޑި ގޮޅިން ވެއްޓުނު މީހާ މަރުވެއްޖެއެވެ. އެމީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅިން އެންމެ ތިރިއަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 20 އަހަރުގެ އިންޑިއާ...

13 Feb 2024 | 10:20

ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ސިޑި ގޮޅިން ވެއްޓުނު މީހާ މަރުވެއްޖެއެވެ.

އެމީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅިން އެންމެ ތިރިއަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 20 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ބުނީ އެމަޖެންސީ ރޫމްގައި އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މިއަދު 1:40 ހާއިރު ކަމަށެވެ.

9 ވަނަ ފަންގިފިލާއިން އެމީހާ ވެއްޓިފައިވަނީ އޭސީ މަރާމާތުކުރުމަށް ވައި ގޮޅިއަށް އަރާ އުޅެނިކޮށެވެ. ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވެސް ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް