ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ސިޑި ގޮޅިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅިން އެންމެ ތިރިއަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ 20 އަހަރުގެ އިންޑިއާ ފިރިހެނަކަށް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް