ސަރުކާރުން މި ދައުރަށް 24 ބިލެއް ފޮނުވަނީ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 24 ބިލެއް ފޮނުވަން ސަރުކާރުން ނިންމައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން މި ދައ...

13 Feb 2024 | 06:37

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 24 ބިލެއް ފޮނުވަން ސަރުކާރުން ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުން މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ލިސްޓެއް އިއްޔެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އޭގައި މި ދައުރަށް ހުށަހަޅަން ސަރުކާރުން ގަސްދުކުރާ 24 ބިލެއް ހިމަނާފައި ކަމަށެވެ.

ސަރުކާރުން މި ދައުރުގައި ހުށަހަޅާ ބިލުތަކަކަކީ:

ބިމުގެ ބިލް

ބޯހިޔާވަހިކަމުގެ ބިލް

ރިއަލް އެސްޓޭޓް

އާބަން ޕްލޭނިން އާބަން ޑިވެލޮޕްމަންޓް

ނަފުސާނީ ސިއްހަތުގެ ބިލް

ސިއްހީ ހިދުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

ކޮޕީ ރައިޓް ގާނޫނަށް ހުށަހަޅާ އިސްލާހު

ދަތުރުފަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ބިލް

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ބިލް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

ފޮރިން އިންވެސްޓްމަންޓް ބިލް

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

މާލީ ސެކިއުރިޓީ ގާނޫނަށް ހުށަހަޅާ އިސްލާހު

ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް

ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގެ ބިލް

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު

މީޑިއާ ކޮމިޝަން ބިލް

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް ހުށަހަޅާ އިސްލާހު

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮންމެ ދައުރަކަށް ހުށަހަޅަން ނިންމާ ބިލްތަކުގެ ލިސްޓެއް ސަރުކާރުން މަޖިލިހަށް ފޮނުވަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް