އިޝާރާތުގެ ބަހުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މާފަންނު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނަށް ހިންގައިފި

މާފަންނު ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެޕޮލްމެންޓަށް ކޮންމެ މަހަކު ހިންގާ ޕްރޮގްރާމުގެ ތެރެއިން ފެބުރުވަރީ މަހަށް ހާއްސަކޮށްގެން، އިޝާރާތުގެ ބަހުން ވާހަކަ ދެއްކަން ދަސްކޮށްދިނުމުގެ ...

13 Feb 2024 | 05:13

މާފަންނު ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެޕޮލްމެންޓަށް ކޮންމެ މަހަކު ހިންގާ ޕްރޮގްރާމުގެ ތެރެއިން ފެބުރުވަރީ މަހަށް ހާއްސަކޮށްގެން، އިޝާރާތުގެ ބަހުން ވާހަކަ ދެއްކަން ދަސްކޮށްދިނުމުގެ ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މާފަންނު ޕޮލިހުގެ އިސްނެގުމުގެ މަތިން، މަރްޔަމް ޝަހުދާ އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން ގުޅިގެން މި ފެބުރުވަރީ މަހުގެ 8 އަދި 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ކުލާސްތަކުގައި، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުއާމަލާތުކުރާނެ ގޮތާއި، އެފަދަ މީހަކު ފުލުހުންނަށް މައްސަލައެއް ހުށަހެޅުމުން އިތުރު މައުލޫމާތު ސާފުކުރާނެ ގޮތް އަދި އެފަދަ މީހަކު ހައްޔަރުކުރިކަން އިޝާރާތުން ބުނެދިނުމަށް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، ފުލުހުންގެ މަސައްކަތާ ގުޅުންހުރި އެފަދަ ހަރަކާތްތައް ދަސްކޮށް ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި މާފަންނު ޕޮލިހުގެ 66 މުވައްޒަފުން ދެ ސެޝަންގައި ބައިވެރިވެފައިވެއެވެ. އަދި 15 މުވައްޒަފުން އެއް ސެޝަންގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރެސްޕޯންސް އެންޑް ޕެޓްރޯލް ޔުނިޓުގެ މުވައްޒަފުންނާއި، މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ޔުނިޓާއި، ނެއިބަހުޑް ސަޕޯޓް ޔުނިޓު އަދި އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން ބައިވެރިވިއެވެ.

މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ ފަރާތުން މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އަޑުއިވުމާ އަދި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި ހަތަރު ބޭފުޅުންނެވެ. މި ޕްރޮގްރާމަށްފަހު، މި ބަސް އިތުރަށް ދަސްކުރަން ބޭނުންވާ މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް