ޖޭޕީގެ ލީޑަރުގެ މަޤާމު އުވާނުލަން ނިންމައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަޤާމު އުވާނުލުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމައިފި އެވެ. މި ނިންމުން ފާސްކޮށްފައި ވަނީ ކުނޫޒްގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ...

13 Feb 2023 | 16:01

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުގެ މަޤާމު އުވާނުލުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މި ނިންމުން ފާސްކޮށްފައި ވަނީ ކުނޫޒްގައި މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ޖޭޕީގެ ޤައުމީ ކޮންފަރެންސް މި މަހުގެ 24-25 ގައި ބާއްވަން ނިންމާފައި ވާއިރު، އެ ކޮންފަރެންސް އަށް ހުށަހެޅުމަށް ޖޭޕީގެ އަސާސީ ޤަވާޢިދުގެ ޑްރާފްޓެއް ވަނީ އެކުލަވާލާފައި އެވެ.

އަދި ކައުންސިލުގެ ބައްދަލުވުމުގައި ވަނީ ޖޭޕީގެ ލީޑަރުގެ މަޤާމު އުވާލައި، ރައީސަށް އެ ބާރުތައް ދޭގޮތައް ޤަވާއިދުގެ ޑްރާފްޓްގައި ހިމަނާފައި އެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ ވޯޓުން ވަނީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމުގެ އިސްލާހު ކޮންގްރެސް އަށް ހުށަހެޅުމަށް ނުފެންނަ ކަމަށް ނިންމާފަ އެވެ.

މީގެ އިތުރުން އެ ޕާޓީގެ އަސާސީ ޤަވާޢިދަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރެއިން އެ ޕާޓީގެ ރައީސާއި، ނައިބު ރައީސްގެ މަޤާމު އުވާލުމަށާއި ފަސް ނައިބު ލީޑަރުން ހިމެނުމަށް ވެސް މިއަދުގެ ކައުންސިލު ބައްދަލުވުމުން ފާސްކޮށްފައި ވެއެވެ.

ޖޭޕީ އުފެއްދި ފަހުން މިހާތަނާ ހަމައަށް ވެސް އެ ޕާޓީގެ ލީޑަރުގެ ގޮތުގައިވެސް އަދި ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައިވެސް ހުންނެވީ ގާސިމް އިބްރާހީމް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް