ނޮޅިވަރަމްގައި ބާކީ ހުރި ޓާފު ތަކުގައިވެސް ރޯކޮށްލައިފި

ހދ. ނޮޅިވަރަމްގައި ހަދަމުންދާ ފުޓްސަލް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފު ތަކުގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ. އޭގެ ތެރެއިން އެއްބައި ޓާފު ރޯލުތަކުގައި ރޯކޮށްލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ...

13 Feb 2023 | 15:25

ހދ. ނޮޅިވަރަމްގައި ހަދަމުންދާ ފުޓްސަލް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފު ތަކުގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ.

އޭގެ ތެރެއިން އެއްބައި ޓާފު ރޯލުތަކުގައި ރޯކޮށްލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެވެ. މިއަދު ރޯކޮށްލާފައިވަނީ ބާކީ ހުރި 12 ވަރަކަށް ރޯލުގައި އެވެ.

ނޮޅިވަރަމް ކައުންސިލް މެމްބަރު ނިޔާޝާ އަލީ ވިދާޅުވީ ރޯކޮށްލީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. މި މައްސަލައިގަ މީގެ ކުރިންވެސް ކައުންސިލުން ބުނެފައިވަނީ ބަޔަކު ގަސްދުގައި ޓާފު ތަކުގައި ރޯކުރަނީ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުން ދަނީ މިދިޔަ މަހު ޓާފު ތަކުގައި ރޯކޮށްލި މައްސަލަ ބަލަމުންނެވެ. ނިޔާޝާ ވިދާޅުވީ އެ މައްސަލައިގައި ހޯދު ކަންކަމުގެ މައުލޫމާތު ނުލިބޭއިރު އެ މައްސަލައިގެ ތުހުމަތުގައި މީހަކުވެސް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ނޮޅިވަރަމް ޓާފުތަކުގައި ރޯކުރި މައްސަލަ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އެކަން ކުރި ފުރަތަމަ ދުވަހު ކުށްވެރި ކުރައްވާފައި އެވެ. މިނިސްޓަރު އެދުވަހު ވިދާޅުވީ އެ ޓާފުތަކުގައި ރޯކޮށްލީ ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.

ނޮޅިވަރަމް ދަނޑުގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. ދަނޑުގެ މަސައްކަތް އަދިވެސް ނުނިމި ދިގުލައިގެންދާތީ ހިތްހަމަ ނުޖެހުން ހުރި ކަމަށް ކައުންސިލުން މީޑިއާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް