އެންމެ ގިނަ އިރު ފެނުގެ އަޑީގައި ދޮން ދީގެން ރާއްޖޭގެ ޕޫލެއްގައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި

ބޭރުގެ ދެމީހަކު ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލެއްގައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ. ދެކުނު އެފްރިކާއަށް ނިސްބަތްވާ ބެތު ނީލް އާއި އޭނާގެ ޕާޓްނަރު މައިލްސް ކްލޯޓިއާ މި ރެކޯޑް މުގުރާލާފައިވަނީ ލ...

13 Feb 2023 | 14:55

ބޭރުގެ ދެމީހަކު ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލެއްގައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

ދެކުނު އެފްރިކާއަށް ނިސްބަތްވާ ބެތު ނީލް އާއި އޭނާގެ ޕާޓްނަރު މައިލްސް ކްލޯޓިއާ މި ރެކޯޑް މުގުރާލާފައިވަނީ ލަކްސް ސައުތު އަރި ރިސޯޓްގައެވެ.

މި ދެމީހުން ވަނީ އެ ރިސޯޓްގެ ޕޫލެއްގެ އަޑީގައި ދޮން ދީގެން ހަތަރު މިނެޓާއި ހަ ސިކުންތު ހިފަހައްޓާލާފައެވެ.

ކުރިން މި ރެކޯޑު އޮތީ އިޓަލީއަށް ނިސްބަތްވާ މިޝޭލް ފުކަރީނޯ އާއި އެލީސާ ލަޒާނީގެ އަތުގައެވެ. އެއީ މީގެ ތޭރަ އަހަރު ކުރީގެ ރެކޯޑެކެވެ. އެ ރެކޯޑުގެ ދިގުމިނަކީ ތިން މިނެޓާއި ސައުވީސް ސިކުންތެވެ.

މި ރެކޯޑް ރާއްޖޭގައި ގާއިމުކުރާތީ ގިނިސް ވޯލްޑް ރެކޯޑްސްގެ އެޖިއުޑިކޭޓަރަކު ވަނީ އިންޑިއާއިން ރާއްޖެ އައިސް އެ ރެކޯޑް ވެލިޑޭޓްކޮށް ރެކޯޑް ސެޓިފިކެޓް އެ ދެމީހުންނާއި ލަކްސް ރިސޯޓްގައި ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް