އިންޑިއާއިން އައުޓް ކޮށްލި ސަމަދު ރާއްޖެ އަތުވެއްޖެ

އިންޑިއާގެ ބެންގަލޫރަށް ބޭސް ފަރުވާއަށް ގޮސް ހުއްޓަ އެ ގައުމުގެ އިމިގްރޭޝަނުން ހައްޔަރު ކުރި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓުކޮށްލައިފި އެވެ. ސަމަދު ހައްޔަރު ކުރީ ...

13 Feb 2023 | 12:37

އިންޑިއާގެ ބެންގަލޫރަށް ބޭސް ފަރުވާއަށް ގޮސް ހުއްޓަ އެ ގައުމުގެ އިމިގްރޭޝަނުން ހައްޔަރު ކުރި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ޑީޕޯޓުކޮށްލައިފި އެވެ.

ސަމަދު ހައްޔަރު ކުރީ އާއިލާ އާއި އެކު ބެންގަލޫރޫގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓައެވެ. އޭނާ އެ ދުވަހު ބުނީ އިމިގްރޭޝަން މައްސަލައަކާއި ގުޅިގެން ކަމަށް ބުނި ކަމަށެވެ.

އޭގެ ފަހުން އޭނާގެ ހަބަރެއްވެފައި ނުވާއިރު ކުރިން އޮތް ގޮތުން އޭނާ އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ޑީޕޯޓުކޮށްލާނެ އެވެ. އެކަމަކު އެކަން ލަސްވި ގޮތެއް ނޭނގެ އެވެ.

ސަމަދު މިއަދު ރާއްޖެ އައުމުން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ވަނީ މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސްފައި އެވެ.

ޞަމަދަކީ އިންޑިއާ އައުޓް ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކަށް ވާތީ އޭނާ އިންޑިއާ އިން ހައްޔަރުކޮށް ޑީޕޯޓްކޮށްލީ ކަމަށް ތުހުމަތު ކުރެވެއެވެ. މިކަމާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ވެސް ވަކިއެއްޗެއް ނުބުނެއެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީން ދެކޭގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޕީޕީއެމް އިން ކުރިއަށް ގެންދާ އިޖްތިޖާޖުގައި އަޑުއުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއް ކަމަށެވެ.

މީގެ ކުރިން ވެސް އިންޑިއާއާ ދެކޮޅު ސިޔާސީ ފަރާތްތައް އެ ގައުމަށް ދިއުމަށް އެތެރެވިޔަ ނުދީ ރާއްޖެ ފޮނުވާލައިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް