މާލޭ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ބޮޑުތަކުރުފާނުމަގު، ބީއެމްއެލް ކުރިމަތީ ފަޅުގައި އޮތް ލޯންޗެއްގައ...

13 Feb 2023 | 11:12

މާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ބޮޑުތަކުރުފާނުމަގު، ބީއެމްއެލް ކުރިމަތީ ފަޅުގައި އޮތް ލޯންޗެއްގައި އެވެ.

އެކަމަކު ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވީ ލޯންޗުގެ އިންޖީނުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެއީ މާބޮޑު ހާދިސާއެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް