ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވިގެން އުޅެނީ ސައުދީން ތާރީހެއް ނުދޭތީ: މިނިސްޓަރު

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔ...

13 Feb 2023 | 08:30

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓަރާއި ސުވާލު ކުރެއްވީވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) އެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތް ހުޅުވުމާއި ގުުޅޭގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ކޯވިޑް ގެ ކުރިން ކަމަށެވެ. ސައުދީން ބޭފުޅުން ވަޑައިގެން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހު ސައުދީން ވަނީ ވަކި ތާރީހެއް ނިންމުމަށް ފަހު އަންގާނެ ކަމަށް ބުނެފައި ކަމަށެވެ.

އޭގެ ފަހުން މިހާތަނަށްވެސް ތާރީހެއް ނުލިބޭ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ370 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ. އެ މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވާން ފެށުމުން އާންމުންގެ ޝަކުވާތައް އިތުރުވި އެވެ.

އެހެންވެ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހުކުރު ދުވަހު އެ މިސްކިތުގައި ވަނީ ނަމާދު ކުރަން ފަށާފައި އެވެ. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުވެސް މިސްކިތަށް ވަނީ ބަދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް