ޖާބިރުގެ ގްރީން ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ހުއްދަ ދިނީ ހ. ތިމާވެށި، އަބްދުﷲ ޖާބިރަށް ކަމަށެ...

13 Feb 2023 | 07:54

ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ހުއްދަ ދިނީ ހ. ތިމާވެށި، އަބްދުﷲ ޖާބިރަށް ކަމަށެވެ.

މި ޕާޓީ އުފައްދަން ޖާބިރު ނިންމެވީ އޭނާގެ ޑީއާރުޕީގައ ި3000 މެމްބަރުން ހަމަ ނުވާތީ އެ ޕާޓީ އުވާލަން އީސީން ނިންމުމުންނެވެ.

ޖާބިރު މިއަދު ވަނީ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމުން ޑީއާރުޕީގެ ލީޑަރު ކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަން އިއުލާނު ކުރައްވާފައި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ގްރީން ޕާޓީ އުފެއްދުމަށް ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.

އަދި އެޕާޓީއަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް އުފައްދާ ޕާޓީއެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް