ހާރިސް މަރާލިކަން ޔާމީންގެ މައްޗަށް ސާބިތު ނުވި މައްސަލަ އިސްތިއުނާފުކޮށްފި

ހުޅުމާލޭ ހާފްވޭ ހައުސް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރު މަރާލި މައްސަލައިން . ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދު ސަލާމަތްވި މައްސަލަ ހައި ކޯޓ...

13 Feb 2023 | 07:44

ހުޅުމާލޭ ހާފްވޭ ހައުސް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރު މަރާލި މައްސަލައިން . ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދު ސަލާމަތްވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލައިގަ ދައުލަތުން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެ ކަމަށެވެ. މި މައްސަލައިގަ ހާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ ހާދިސާ ހިނގި2017 ވަނަ އަހަރު އެވެ.

ދައުވާ ކުރީ 17 މީހަކާއި 13 ކިތާބީ ހެއްކާއި އެކު އެވެ. އޭގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް ސިއްރު ހެކިވެރިންގެ ގޮތުގައި ހުށަހެޅި އެ މީހުންނަކީ ހާރިސަށް ހަމަލާދިން މަންޒަރު ފެނުނު މީހުންނާއި އެ ހާދިސާ ހިނގުމުގެ ދުވަސްތަކެއް ކުރިން ޔާމީނާ ހާރިސާ ދެމެދު ދެބަސްވުންތަކެއް ހިނގިކަން ސާބިތުކުރަން ހުށަހަޅާ މީހުން ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

ހާރިސްއަށް ހަމަލާދިނީ2017 ވަނަ އަހަރުގެ ސެޕްޓެމަރު29 ވަނަ ދުވަހުގެ ރޭ9:56 ހާއިރު އެވެ. ހަމަލާދިން ސަރަހައްދަކީ މީހުން އޭރު މާގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް