ހއ. މުރައިދޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ.
މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާ ހުންނާނެ ކަމަށްއެ ކުންފުނިން މައުލޫމާތުދެ އެވެ.
މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމް ކުރި ފެރީ ސްޓޮޕެކެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް އުތުރުގެ ތިން އަތޮޅާއި ޅ. އަތޮޅުގައި މިހާރު ވަނީ ފަށާފައި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅާލާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް