ފޮޓޯ: މި އަހަރުވެސް މާލެ ސިޓީއަށް ބަހާރު މޫސުން

ފަހުގެ އަހަރުތަކުގައި މާލޭގެ މަލަމަތި ރީތިކޮށްލަނީ ބަހާރު މޫސުމާއި އެކު ޓަބިބޫޔާ ރޯސީ ގަސްތަކުންނެވެ. އެންމެ ފުރަތަމަ މި ގަސްތަކުގެ ރީތިކަން ފެންނަން ފެށީ ހުޅުމާލެއިންނެވެ. މިހާރު މާލޭގައިވެސް މިގަސްތ...

13 Feb 2023 | 05:34

ފަހުގެ އަހަރުތަކުގައި މާލޭގެ މަލަމަތި ރީތިކޮށްލަނީ ބަހާރު މޫސުމާއި އެކު ޓަބިބޫޔާ ރޯސީ ގަސްތަކުންނެވެ.

އެންމެ ފުރަތަމަ މި ގަސްތަކުގެ ރީތިކަން ފެންނަން ފެށީ ހުޅުމާލެއިންނެވެ. މިހާރު މާލޭގައިވެސް މިގަސްތަކުގެ މަލުގެ ކުލައަށް ބަހާރު މޫސުމާއި ދިމާކޮށް އަންނަ ބަދަލުތަކަކީ ގިނަ ބައެއްގެ ނަޒަރު ހުއްޓޭ ކަމެކެވެ.

އެންމެ ބޮޑަށް މިކަން ފާހަގަ ވަނީ ބޮޑުތަކުރުފާނު މަގު ކުރީގެ އެޓޯލްސް މިނިސްޓްރީ ހިންގި އިމާރާތް ހުންނަ ޕާކިން ޒޯނާއި އަމީނީ މަގުގައި ހުންނަ  ޓަބިބޫޔާ ރޯސީ ގަސްތަކަށް އަންނަ ބަދަލެވެ. މީގެ ކުރިންވެސް ރާއްޖޭގައި މި ގަސް ހެދުނު ނަމަވެސް މޫސުން ތަކާއި ދިމާކޮށް މަލުގެ ކުލައަށް ބަދަލު އަންނަން ފެށީ ފަހުންނެވެ.

މި މަލަށް "ޕިންކް ޕުއީ"އާއި "ރޯސީ ޓްރަމްޕެޓް ޓްރީ"ވެސް ކިޔާއުޅެއެވެ. ޔޫރަޕްގެ ގައުމުތަކުގައިވެސް އާންމުކޮށް ހެދޭ މި ގަހަށް ސްޕެއިންގެ މީހުން ކިޔަނީ "ރޮބްލޭ ޑި ސަބާނާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް