ދަރިންނަކީ ދެމަފިރިއެއްގެ ދިރިއުޅުމަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލެވެ. ކޮންމެ މަންމައަކާއި ބަފައަކުވެސް ދަރިންދެކެ އިންތިހާއަށް ލޯބިވެއެވެ. އެގޮތުން ދަރިއަކު ބޮޑުވެ އަމިއްލަފައިމައްޗަށް ތެދުވަންދެން ބައިންބަފައިން އެ ދަރިން ލޯބިން ބަލާ ބޮޑުކުރެއެވެ. އެމީހުންގެ އަމިއްލަ ނަފްސައްވުރެވެސް ބޮޑަށް ދަރިންނަށް ލޯބިދީގެންނެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދަރިންދެކެ އެންމެ ލޯބިވާ އަދި ދަރިންނަށް އެންމެބޮޑު އަޅާލުމެއް ދެނީ އެދަރިންގެ އުފަން މައިމީހާއެވެ. އެއީވެސް މުޅިއެކުން ދޮގުވާހަކައެއް ވެސް ނޫނެވެ. ދަރިންނަށް އަޅާލާ އެދަރިން ތަރުބިޔަތު ކުރުމުގައި އެންމެ ބޮޑު ބުރައެއް އުފުލާ މީހަކީ ދަރިންގެ މަންމައެވެ.
ނަމަވެސް ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި ދަރިންގެ މަންމައަށް ވުރެ ދަރިންގެ ބައްޕަ އެދަރިންދެކެ ލޯބިވާދެއް މާ ބޮޑެވެ. ސަބަބެއްކަމުގައި އެދިރާސާގައި ބުނެފައިވަނީ ދަރިންނަށް ބޭނުންވާ އެންމެހާއެއްޗެއް، އެބަހީ ކިޔަވަން ބޭނުންވާ ސާމާނާއި އަންނައުނާއި ދަރިންނަށް ކުރަން ޖެހޭއެހެނިގެން ހުރިހާ ހަރަދެއްވެސް ކުރަނީ ބައްޕަކަމުގައިވާތީއެވެ. މީގެ އިތުރުން ދަރިންގެ އެންމެހާ ކަންކަމުގައިވެސް ބައްޕަގެ އަޅާލުމާއި އޯގާތެރިކަން ބޮޑުކަމަށް ދިރާސާގައި ބުނެފައިވެއެވެ.
އެމެރިކާގެ ޗައިލްޑް އެންޑް ފެމިލީ ރިސާޗް ސެންޓަރުން ހެދި މި ދިރަސާގައި ވާގޮތުން ދަރިންގެ ކަންކަމުގައި މަންމައަށް ވުރެ ދަރިންގެ ބައްޕަ ވިސްނާ ފިކުރުކުރާދެއް މާ ބޮޑެވެ. ނަތީޖާއެއްގެ ގޮތުން ދަރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ އެދަރިން ކުރިޔަށް ދިއުމަށް މަގު ތަނަވަސްކޮށްދެނީ ބައްޕައެވެ.
45 އާއިލާއެއް ބޭނުން ކޮށްގެން ހެދި މި ދިރާސާއިން ވެސް އެނގިފައިވަނީ މަންމައަށް ވުރެ ބައްޕަ ދަރިންދެކެ ލޯބިވާކަން ބޮޑު ކަމެވެ މި ދިރާސާގައި 45 އާއިލާއަކުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ ކުރިންނާއި ވަނީ އިންޓަވިއުއެއް ކޮށްފައެވެ. މަންމައާއި ބައްޕައާއި ދެމީހުންކުރެ އެންމެ ބޮޑަށް ލޯބިވަނީ ކާކުތޯބެލުމަށެވެ. އޭގެތެރެއިން 60 އިންސައްތަ ކުދިން ބުނެފައިވަނީ އެކުދިންދެކެ އެންމެ ލޮބިވާ ފަރާތަކީ ބައްޕަކަމަށެވެ. އަދި އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ބައްޕަ ހޯދައިދޭތީ ކަމަށް އެކުދިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް