ރޭގެ ވަގުތެއްގައި މާލޭގެ ގެއަކުން ވައްކަން ކުރަން ވަތްން ވަގަކު އެ ގޭގެ ބެލްކަނިން ބަޔަކާއެކު މަގުމައްޗަށް ވެއްޓިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ގެއަކުން ކޮންކްރީޓް ގަނޑެއް މީހަކާއެކު ވެއްޓިފައިވާކަމަށް ރޭ 23:29 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ކޮންކްރީޓް ގަނޑު ވެއްޓިފައިވަނީ އެ ގެއަށް ވައްކަން ކުރަން ވައިތްން މީހަކު ބެލްކަނިން ފުންމާލި ވަގުތު ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.
"އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް