ތުރުކީ ބިންހެލުމަށް ހަފްތާއެއް: މަރުވި އަދަދު 34 ހާހުން މަތީގައި

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކަށް މިއަދު ހަފްތާއެއް ވެފައިވާއިރު މި ބިންހެލުމުގެ ސަބަބުން މަރުވި މީހުން އަދަދު 34 ހާހަށް އަރައިފިއެވެ. އެ އަދަދަކީ ތުރުކީ އަދި ސޫރިޔ...

13 Feb 2023 | 02:27

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުންތަކަށް މިއަދު ހަފްތާއެއް ވެފައިވާއިރު މި ބިންހެލުމުގެ ސަބަބުން މަރުވި މީހުން އަދަދު 34 ހާހަށް އަރައިފިއެވެ.

އެ އަދަދަކީ ތުރުކީ އަދި ސޫރިޔާއިން މަރުވި މީހުންގެ އަދަދެވެ.

އަދުގެ އަދާހަމައަށް ބަލައިލާއިރު ތުރުކީން 29،605 އަދި ސޫރިޔާއިން 4،574 މީހަކު މަރުވެފައިވެއެވެ.

މި ބިންހެލުންތަކުގައި މިހާ ގިނަ އަދަދަކަށް މީހުން މަރުވުމުގެ ސަބަބެއް ކަމުގައި ބެލެވެނީ އެންމެ ބާރުގަދަ ބިންހެލުން އައި ވަގުތަކީ ފަތިސް ވަގުތަށް ވުމާއި ގިނަ އިމާރާތްތަކެއް ބިމާހަމަވެފައި ވުމެވެ.

ދެ ގައުމުންވެސް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި އަންނަނީ ކުރަމުންނެވެ.

ހާދިސާއަށް ހަފްތާއެއް ވެފައިވާއިރު އަދިވެސް ދިރި ތިބި އިންސާނުންވެސް އިމާރާތްތަކުގެ ދަށުން ފެންނަމުން ދެއެވެ. އެހެން ނަމަވެސް ގިނަ ދުވަސް ވާވަރަކަށް އެ ފުރުސަތު ހަނިވަމުންދާތީ އެއީ ދެ ގައުމުގެވެސް ކަންބޮޑުވުމަކަށް ވަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް