ސައޫދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް އަންހެނަކު ޖައްވަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.
އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަން އެމަގުން ހިނގާނެކަން ސައޫދީ އަރަބިއްޔާއިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.
ސައޫދީން ހާމަކޮށްފައިވާގޮތުގައި އެގައުމުގެ އަންހެން އެސްޓްރޮނޯޓް ރައްޔާނާ ބަރްނަވީ އާއި ފިރިހެން އެސްޓްރޮނޯޓެއް ކަމުގައިވާ އަލީ އަލް ގާނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ދަތުރުކުރާނެއެވެ. މި ދެ އެސްޓްރޮނޯޓުން ދަތުރުކުރާނީ AX-2 ސްޕޭސް މިޝަނާއި އެކުގައި ކަމަށް ސައޫދީއިން ބުނެފައިވެއެވެ.
މިއީ އެ ގައުމުން އަންހެން އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން އިތުރު އަންހެން އެސްޓްރޮނޯޓެއް ކަމުގައިވާ މަރިއަމް ފަރްދޯސް ތަމްރީނު ކުރަމުން އަންނަ ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް