ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހަވީރު4:21 ގައި ކަމަށެވެ.
އެމީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި289 ވަނަ މީހާ އެވެ.
ރާއްޖޭގެ ކޯވިޑްގައި މީހުން މަރުވުމުން މަދުވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހު އެވެ. އަދި މި މަހު މިހާތަނަށް ކޮންމެ ދުވަހަކު މީހަކު ދަނީ މަރުވަމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން އިއްޔެގެ ނިޔަލަށް158،161 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް