ކެމްްޕެެއިންގެ ފޯރި ގަދަވާނެ ކަމަށް ބެލެވޭ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރާނެ މީހެއް އަންދާޒާ ކުރުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި ހުއްޓުމެއް ނެތި ދަނީ ކުރިޔަށެވެ.
މި ކެމްޕެއިން ފޯރި ގަދަވުމާއި ގުޅިގެން “ދުވަސް” އިން މިއަދުގެ ވަގުތެއްގައި ފެށި ޕޯލްއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައި އެވެ. ދުވަސްގެ ޕޯލް ކުރިޔަށް ގެންދަނީ "ދުވަސް"ގެ ފޭސްބުކްގައި އެވެ.
ޕޯލްއަށް ވޯޓު ދިނުމުގެ ފުރުސަތު މިއަދުން ފެށިިގެން ފަސް ދުވަހުގެ މުއްދަތަށް އޮންނާނެ އެވެ. ދުވަސްގެ ޕޯލްގައި ހިމަނާފައިވާ ސުވާލަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެންމެ ރަނގަޅީ އިމްތިޔާޒު ފަހުމީތޯ؟ ނުވަތަ ފައޔްާޒް އިސްމާއިލް ތޯއެވެ.
މި އިންތިހާބަކީ އެޕާޓީގެ އެތެރޭގެ އިންތިހާބެކޭ އެއްގޮތަށް ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެއީ މީގެ ކުރިން އެމްޑީޕީގެ ތެރޭގައި ނެގި ވޯޓުތަކާއި އިންތިހާބުތަކުގައި މި ދެ ކެންޑިޑޭޓުން ވާހަކަ ދައްކަވާފައިވާ ގޮތުންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު ވާދަ ކުރައްވާ ބޭފުޅެއް ކަމަށް ވަނީ އަޑުއަރާފަ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރައްވާ ބޭފުޅެއް ކަމަށްވެ އެވެ.
އެހެން ކަމުން މި ޕޯލްއަށް ވޯޓު ދީގެން އާންމުންގެ ހިޔާލު ފާޅު ކުރުމަކީ މުހިންމު ކަމެކެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭމްރިލް މަހުގެ 16 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް