މަޖިލީހުގެ އިދާރާއިން ރިޓަޔާކުރާ މުވައްޒަފުންނަށް ވަޒީފާ ދެނީ

ރައްޔިތުންގެ މަޖިލީހުން ރިޓަޔާކުރާ މުވައްޒަފުން، ކޮންޓްރެކްޓް އުސޫލުން އަލުން އެ އިދާރާގެ ވަޒީފާ އަށް ނެގޭ ގޮތަށް މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގަވައިދު އިސްލާހު ކޮށްފި އެވެ. މިއަދު މަޖިލީހުގެ އާ...

13 Feb 2022 | 12:55

ރައްޔިތުންގެ މަޖިލީހުން ރިޓަޔާކުރާ މުވައްޒަފުން، ކޮންޓްރެކްޓް އުސޫލުން އަލުން އެ އިދާރާގެ ވަޒީފާ އަށް ނެގޭ ގޮތަށް މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގަވައިދު އިސްލާހު ކޮށްފި އެވެ.

މިއަދު މަޖިލީހުގެ އާއްމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފާސްކުރީ އުމުރުން 65 އަހަރުވެ، ރިޓަޔާ ކޮށްފައިވާ މުވައްޒަފުން ރިޓަޔާކުރިއިރު ހުރި މަގާމުގައި ލިބުނު މުސާރަ އާއި އިނާޔަތްތަކާއެކު ކޮންޓްރެކްޓް އުސޫލުން، މަޖިލީހުގެ އިދާރާގެ މަސައްކަތްތަކަށް ނެގުމުގެ އިހުތިޔާރު އަމީންއާންމަށް ލިބޭ ގޮތަށެވެ.

އެގޮތުން ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދެވޭނީ ގިނަ ވެގެން އެއް އަހަރައްށެވެ.  ކޮންޓްރެކްޓް އާ ކުރެވޭނީ ގިނަ ވެގެން ތިން އަހަރު ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ.

މަޖިލީހުގެ އިދާރާގެ ވަޒީފާ އިން ރިޓަޔާ ކުރުމުގެ ކުރިން، ތިން އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 75 ޕަސަންޓަށް ވުރެ މަތިން ލިބިފައިވާ މުވައްޒަފަކަށް ވެސް ވާން ޖެހެ އެވެ. ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަށް ނެރޭ މީހާއަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ކެރިކުޅަދާކަން ކަމާއި ވަޒީފާ އަދާކުރެވޭ ވަރުގެ ސިއްހަތެއްގައި ހުންނަ މީހަކަށް ވާން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް