ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދާ ގޮތަށް ތާވަލު ކޮށްފިއެވެ.
ޖޭއެސްސީގައި މިހާރު ގިނަ އަދަދެއްގެ ސިޔާސީ މީހުން ތިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު ވަނީ މީގެ ކުރިންވެސް ޖޭއެސްސީ އިސްލާހުކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް 2020 އަހަރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ. ނަމަވެސް މިފަހުން އޭނާ ބިލް ހުށައެޅީ ސެޕްޓެންބަރު 2، 2021 ގައެވެ.
ސަރުކާރުންވެސް ވަނީ އޭރު ޖޭއެސްސީ އިސްލާހް ކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ޖޭއެސްސީ އިސްލާހް ކުރުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމުމުގެ ކުރިން ކުރާނެ ކަމުގައެވެ.
މީގެ އިތުރުން ސަރުކާރުން ހާމަކުރާގޮތުގައި ޖޭއެސްސީ އަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށާއި އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ޞާލިޙް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް