ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ސްޓެލްކޯއިން ފައިސާގެ އިނާމު

ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން އިޢުލާންކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވި...

13 Feb 2022 | 09:37

ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން އިޢުލާންކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއިން ކޮންމެ އަހަރެއްގައި ކަރަންޓް ހަރަދު ކުޑަކުރުމަށް   ގެންދާ  ސޭވް އެނާރޖީ ކެންޕެއިން މި އަހަރުވެސް އޮންނާނެކަމަށެވެ. މި ކެންޕެއިންގެ ދަށުން މި އަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.

ކަރަންޓް ހަރަދު ކުޑަކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މުޣްނީ ވިދާޅުވީ ބޭނުންނުކުރާ ވަގުތުގައި ކަރަންޓު ސާމާނު ޖައްސާފައި ބެހެއްޓުމުގެ ސަބަބުން ބޭކާރު ފައިސާ ޚަރަދުވެގެންދާ ކަމަށެވެ. އެގޮތުން ކަރަންޓު ބޭނުންކުރުމުގައި ސަމާލްކަންދޭނަމަ %15-%20އަށްވެސް ބިލް ކުޑަކުރެވިފަ އެބަހުރި ކަމަށް މުޣްނީ ވިދާޅުވިއެވެ.

ހޫނު މޫސުމުގެ ދުވަސްތަކުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް އިގްތިޞާދުކޮށް އާއްމުން ހޭލުންތެރިކުރުމަށް އެ ކުންފުނިންވަނީ ކެމްޕެއިން ހަރަކާތްތަކެއް ރާވާފައެވެ.

ކަރަންޓް ހަރަދުކުޑަ ކުރުމަށް ސްޓެލްކޯއިން އަންނަނީ ސޭވް އެނާރޖީ ކިޔާ ކެންޕެއިންނެއް ފަށައިގެނެންނެވެ.

ކަރަންޓް ހަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް