ޕޫޖާ ހެގްޅޭ ދިޔަ ބާރުމިނުގައި އެނބުރި އަނެއްކާވެސް ރާއްޖެއަށް، މިފަހަރު އާއިލާ ގޮވައިގެން

ބޮލީވުޑް ބަތާލާ ޕޫޖާ ހެގްޅޭ އަނެއްކާވެސް ރާޢްޖެއަށް ޗުއްޓީ ހޭދަ ކުރަން އަތުވެއްޖެ އެވެ. އޭނާ ރާއްޖެއަށް ޗުއްޓީއަށް އައިކަން ހާމަ ކުރީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓ...

13 Feb 2022 | 09:17

ބޮލީވުޑް ބަތާލާ ޕޫޖާ ހެގްޅޭ އަނެއްކާވެސް ރާޢްޖެއަށް ޗުއްޓީ ހޭދަ ކުރަން އަތުވެއްޖެ އެވެ.

އޭނާ ރާއްޖެއަށް ޗުއްޓީއަށް އައިކަން ހާމަ ކުރީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއްގައި އޭނާ ހުއްޓިލައިގެން ހުރީ މަންމަ އާއި ބައްޕަ އަދި ބޭބެއާއި އެކު އެވެ.

އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ޕޫޖާ ބުނެފައިވަނީ އެންމެ ފަހުން 13 އަހަރަށް ފަހު އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކުރުމަށް އާދެވުނީ ކަމަށާއި މިއީ ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ.

މި އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ކަގި މޯލްޑިވްސް އެންޑް ސްޕާގައި އެވެ.

https://www.instagram.com/p/CZzIkIwPzhS/

ޕޫޖާ އަނެއްކާވެސް ރާއްޖެއަށް ޗުއްޓީއަށް އައިސްފަ މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ ދިޔަތާ މަހެއްވެސް ނުވަނީހެވެ. މިދިޔަ މަހުގެ މެދު ތެރޭގައި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ނަމަވެސް އެފަހަރު އައީ ކޮން ރިސޯޓަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ޕޫޖާ ހެގްޅޭ މިދިޔަ އަހަރުގެ ނޮވެމްބަރުގައިވެސް ރާއްޖެއައިސްފައިވެއެވެ.

އުމުރުން 31 އަހަރުގެ ޕޫޖާ ހެގްޅޭ އަކީ ފިލްމީ ދާއިރާގެ އިތުރުން، މޮޑެލިން ދާއިރާއިންވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ.

2010 ވަނަ އަހަރުގެ މިސް ޔުނިވާސް އިންޑިއާގެ ދެވަނަ ލިބިފައިވެއެވެ. ފިލްމީ ދާއިރާއަށް ނިކުތީ 2012 ވަނަ އަހަރު ތަމަޅަ ފިލްމު މުގަމޫދީއިންނެވެ. އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2014 ވަނަ އަހަރު ރިތިކާއެކު ކުޅުނު މޮހެންޖޯ ޑާރޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް