އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާއަށް ރޮޒޭނާ އާއި ސަފާތު ވާދަކުރައްވަނީ

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އެމްޑީޕީގައި އިސް އެކްޓިވިސްޓް ސަފާތު އަޙްމަދު ޒާހިރު ވާދަކުރަން ނިންމަވައިފިއ...

13 Feb 2022 | 08:15

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އެމްޑީޕީގައި އިސް އެކްޓިވިސްޓް ސަފާތު އަޙްމަދު ޒާހިރު ވާދަކުރަން ނިންމަވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އޮންނަ އެމްޑީޕީ އަންހެނުންގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިއަދުއެވެ.

އެމްޑީޕީ އަންހެނުންގެ ރޫހުގެ އިތުރުން އެ ޕާޓީގެ ޗެއާރޕާސަން ކަމުގެ މަގާމަށްވެސް މެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިހާބަށް ވަނީ ވާދަވެރިކަން އިތުރުވެފައެވެ. ޗެއާޕާސަންކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

މީގެ ކުރިން އެ މަގާމަށް އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު ވާދަކުރައްވާނެކަން ހާމަކުރެއްވިނަމަވެސް ފަހުން ވަނީ ވާދަނުކުރަން ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް