ހައްޔަރުކޮށްގެން ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް – ޖާބިރު އަންގަނީ ހައްޔަރު ނުކުރިޔަސް ދެވިދާނެ ކަމަށް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން...

13 Feb 2022 | 08:02

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ޖާބިރު ވިދާޅުވީ އެ އަމުރެއް ނެރެފައިވަނީ މިއަދު ކަމަށާއި އަމުރު ނެރެފައިވަނީ ޑީއާރުޕީން ދައްކަން ޖެހޭ ފައިސާތަކެއްގެ މައްސަލައިގާ ކަމަށެވެ.

"އެއީ މައުމޫން ޑީއާރުޕީގަ ހުންނެވިއިރު، އެމްޓީސީސީން އެމަނިކުފާނު ކުރެއްވި ދަތުރު ތަކެއްގެ ފައިސާ، ޑީއާރުޕީއަކީ ވިޔަފާރި ކުންފުންޏެއް ނޫން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ކޮންމެހެން ހައްޔަރުކޮށްގެން ހާޒިރު ނުކުރިޔަސް ރަނގަޅުވާނެ ކަމާއި މާދަމާ އެ ގަޑިއަށް ހައްޔަރު ނުކުރިޔަސް ކޯޓަށް ހާޒިރުވާނެކަން މިހާރު އަންގާފައިވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެއީ ގާތްގަނޑަކަށް މިލިޔަނެއްހާ ރުފިޔާގެ މައްސަލައެއް ކަމަށާއި އެ ފައިސާ ޖާބިރު ދައްކަން ޖެހޭކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެއީ މައުމޫން ކުރެއްވި ހަރަދެއް ކަމަށެެވެ.

މިހާރު ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު އިތުރަށް ވިދާޅުވީ ޑީއާރުޕީއަކީ ޑިމޮކްރަސީ ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީއެއް ކަމަށާއި އެ ޕާޓީއަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް