ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން ފައްޔާޒް ހާމަކުރައްވައިފި

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއުލާނުކުރައްވައިފިއެވެ. ފައްޔާޒް މިކަން އިއުލާނުކުރެއްވީ ދެންމެ ކުރެއްވި ޓްވީޓ...

13 Feb 2022 | 07:06

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއުލާނުކުރައްވައިފިއެވެ.

ފައްޔާޒް މިކަން އިއުލާނުކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ފައްޔާޒް ވިދާޅުވެފައިވަނީ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، ޕާޓީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން، މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެންދާނެކަމާއިމެދު ޝައްކެއް ނެތް" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/faya_i/status/1492753635909931014?s=21

އެ މަގާމަށް ފައްޔާޒްގެ އިތުރުން ދެން ވާދަކުރައްވާނެކަން އަދި އިއުލާނުކޮށްފައިވަަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އިއްޔެ ހުސްވެފައިވާއިރު އިންތިހާބު އޮންނާނެކަން އެމްޑީޕީން ހާމަކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް