ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަނުން އޮންލައިންކޮށް ޓިކެޓް ގަނެގެން، ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ބޭރުޤައުމެއްގެ ރިޓާން ޓިކެޓް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މޯލްޑީވިއަނުން ބުނީ މި ޕްރޮމޯޝަނުން އޮންލައިންކޮށް ޓިކެޓް ގަންނަ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއެއްގެ ހޮވާލެވޭ ނަސީބު ވެރި ފަރާތެއްހޮވޭނެކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ރިޓާން ޓިކެޓް ދޭނީ މޯލްޑިވިއަނުން ދަތުރުކުރާ ބޭރުގެ މަންޒިލްތަކުގެ ތެރެއިން ޑާކާ، ކޮޗިން، އަދި ޓްރިވެންޑްރަމަށްކަމަށް މޯލްޑީވިއަނުން ބުނެއެވެ.
ކޯވިޑް-19އާ ގުޅިގެން މޯލްޑިވިއަނުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އޮންލައިންކޮށް ޓިކެޓް ގަންނަ އެޕްލިކޭޝަނެއް ތަޢާރަފްކޮށް އޮންލައިންކޮށް ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް މޯލްޑީވިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް