އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޯޕީޑީ ޚިދުމަތްދޭ ވަގުތު އަށް ގަޑިއިރަށް އިތުރުކޮށްފިއެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން އައިޖީއެމްޗްއިން ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް ދެމުން އައި ބައެއް ވަގުތާއި އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދު މަދު ކޮށްފައިވެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްއިން އެންމެ ގިނަބަޔަކު ހޯދަމުން އަންނަ އެއް ޚިދުމަތަކީ ލެބޯޓަރީގެ ޚިދުމަތެވެ.
ކޯވިޑްގެ ޙާލަތާ ގުޅިގެން ލެބޯޓަރީގެ ޚިދުމަތް ދޭ ވަގުތު މިދިޔަ މަހު، 4 ގަޑިއިރަށް ކުޑަކުރިއެވެ. އެހެންނަަވެސް އޭގެފަހުން ޙާލަތަށް އައި ބަދަލުތަކަށް ބަލައި، މި މަހު ގެނައި ބަދަލުތަކާއެކު އެތަނުން ޚިދުމަތްދޭ ވަގުތު ވަނީ 6 ގަޑިއިރަށް އިތުރުކޮށްފައެވެ.
އަދި މިހާރު ލެބޯޓްރީގެ ޚިދުމަތްދޭ ވަގުތު މިވަނީ 8 ގަޑިއިރަށް އިތުރުކޮށްފައެވެ.
އެގޮތުން ހެނދުނު 08:00އިން ފެށިގެން ހަވީރު 16:00އަށް މިހާރު އައިޖީއެމްއެޗްގެ ލެބޯޓްރީގެ ޚިދުމަތް ލިބޭނެއެވެ.
އެހެންކަމުން ވަގުތު އިތުރުކުރުމާއެކު އެޕޮއިންޓްމަންޓް ދޫކުރާ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ. އަދި ނަންބަރު ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:45 އިން ފެށިގެންނެވެ.
މީގެ އިތުރުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗްއިން ވަނީ، އެ ހޮސްޕިޓަލުން ދުރާލައި ތާވަލްކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލަން ނިންމާފައެވެ. ނަމަވެސް މިމަހު ގެނައި އިތުރު ބަދަލުތަކުގައި، މިފަދަ ބައެއް ސަރޖަރީތައް އަލުން ވަނީ ފަށާފައެވެ.
އައިޖީއެމްއެޗްއިން ހާމަކުރާގޮތުގައި ކުރިއެކޭވެސް އެއްގޮތަށް ހޮސްޕިޓަލްގެ އިމަންޖެސީ(އީ.އާރް)ގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް