ބޮލީވުޑްގައި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް ދާއިރާގައި ކުރާ އުންމީދުތަކަކީ އާދައިގެ އުންމީދު ތަކެއް ނޫން ކަމަށް އޭނާ އަބަދުވެސް ބުނެ އެވެ.
މިހާތަނަށް ހަމަ އެކަނި ފިލްމު ކުޅެމުންދާ އާލިއާ މިހާރު ދަނީ އޭނާގެ ފުރަތަމަ ޑައިރެކްޝަންގެ މަސައްކަތް ކުރަމުންނެވެ. ފިލްމު "ޑްރީމް" އަކީ އޭނާގެ އާއިލީ ޕްރޮޑަކްޝަނެކެވެ.
އާލިއާ ދާދިފަހުން މީޑިއާގައި ބުނީ އެ ފިލްމަކީ އޭނާ ދާއިރާގައި ދެން ކުރިޔަށްދާން ބޭނުންވާ މަގުން ދިޔުމަށް ކޮށަން ފަށާ މަގެއް ކަމަށެވެ. އާލިއާ ބުނީ ކާމިބު ފިލްމުތަކެއް ކުޅެ ބުރަ މަސައްކަތްތަކެއް ބޮލީވުޑްގައި ކުރެވިފައިވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ދެން ބޭނުންވަނީ އޭނާގެ ހުނަރާއި ގާބިލްކަން އިތުރަށް ދައްކާލުމަށް ޕްރޮޑަކްޝަންގެ ދާއިރާއިން ކުރިޔަށްދާން ކަމަށް ބުންޏެވެ. އާލިއާ ބުނީ ކުރިޔަށް އޮތް 10 އަހަރު ޕްލޭންކޮށްފައި އޮތީ ފިލްމު ކުޅެގެން ލިބުނު ފަދަ ކާމިޔާބެއް ޑައިރެކްޝަންގައި ހޯދައި ބޮލީވުޑްގައި ކާމިޔާބު ޑައިރެކްޓަރުން ކޮށްދެމުންދާ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.
އޭނާ ބުނީ ފިލްމު އުފައްދަން ފަށަނީ ސުމަކުން ކަމަށާއި އަމިއްލަ މަސައްކަތުން ކާމިޔާބު މީހަކަށް ވުމަށް އާންމުން ބަލައިގަންނާނެ ފިލްމުތަކެއް ހެދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް