ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހަމްދު އަންވަރު (ސިމްވާ) އިކޮނޮމިކް މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައި ހުންނެވި ސިމްވާ، ހެލްތު މިނިސްޓްރީއަށް ބަދަލުކޮށްފައިވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެެވެ. ހެލްތު މިނިސްޓްރީއަށްވެސް ބަދަލުކޮށްފައިވަނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސިމްވާ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކޮށްފައިމިވަނީ ކީއްވެކަމެއް ޔަގީނެއް ނުވެއެވެ.
ސިމްވާއަކީ އެމްޑީޕީއަށް ނިސްބަތްވާ، ސޯޝަލް މީޑިއާގައި ވަރުގަދަ އެކްޓިވިސްޓެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ސިމްވާ އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް