ފުލުހުންގެ ބޮޑީ ވޯން ކެމެރާގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ބޮޑީ ވޯން ކެމެރާގެ ހިދުމަތް ދިވެހި ފުލުހުން ރަސްމީކޮށް ފަށައިފިއެވެ. މިކަން ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމ...

13 Feb 2022 | 05:07

ބޮޑީ ވޯން ކެމެރާގެ ހިދުމަތް ދިވެހި ފުލުހުން ރަސްމީކޮށް ފަށައިފިއެވެ.

މިކަން ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ، އާމިނަތު ޝައުނާއެވެ.

މި ހިދުމަތް ފުލުހުން މިއަދު ފަށާފައިވަނީ 200 ކެމެރާއާއިއެކުގައެވެ. މި ހިދުމަތް މިއަދުން ފެށިގެން ކުރިއަށްދާނީ މާލޭ ސިޓީގައްޔާއި އައްޑޫ ސިޓީގައި އެކަނި ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މި ހިދުމަތް 200 ކެމެރާއާއެކު ފެށިނަމަވެސް 1200 ކެމެރާއަށް އިތުރުކޮށް މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުން ފާހަގަކުރިގޮތުގައި މި ކެމެރާއަކީ މިފަދަ ކެމެރާތަކުގެ އެންމެ ފަހުގެ ޓެކްނޯލޮޖީއާއެކު ތައާރަފް ކުރެވޭ ކެމެރާތަކެއް ކަމަށެވެ. ލައިވް ސްޓްރީމިން އާއި ޖީޕީއެސް ހިދުމަތް މި ކެމެރާގައި އެކުލެވިގެންވާކަމުގައި ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް